މި ސަރުކާރުން ދޫކުރި، އަދި ދޫކުރާ ގޯތި ލިބޭ ފަރާތްތަކުން އަމިއްލަ ގޯއްޗަށް ވަންނާނީ ތިލަމާލޭ ބުރިޖުން ދުއްވާފައި ގޮސް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ހޯއްދެވުމަށް މަހްލޫފް ސޯޝަލް މީޑިއާގައި ދަނީ ތަފާތު އެކި ކެމްެޕެއިންތައް ހިންގަވަމުންނެވެ. ހާއްސަކޮށް ކުޅިވަރާއި އިޖްތިމާއީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް މަހްލޫފް ދަނީ ފާހަގަކުރައްވަމުންނެވެ.

ކުޅިވަރާއި އިޖްތިމާއީ ދާއިރާގެ އިތުރުން އުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށްވެސް މަހްލޫފް ދަނީ އަލިއަޅުއްވާލައްވަމުންނެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތް ހިނގަމުން ނުދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

މަހްލޫފް ވިދާޅުވީ މަސައްކަތް ހަމަލޮލުން ބަލާލީމަ އުންމީދު އާވެ، ބްރިޖު އެޅޭނެކަން ޔަގީންވެއްޖެކަމަށެވެ.

"އިރާދަކުރެއްވިއްޔާ 7 ކިލޯ މީޓަރުގެ ބުރިޖުން ދަތުރުކުރެވޭނެ" މަހްލޫފް ވިދާޅުވިއެވެ.





މަހްލޫފް ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތައް ގޯއްޗަށް ވަންނާނީ ބުރިޖުގައި ދުއްވާލާފައި ގޮސް ކަމަށެވެ.

ޖުމުލަ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ މި ބްރިޖަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޑިޔާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއެކު އަޅާ ބްރިޖެކެެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއްގަމުން ގުޅާލުމަށް ބިނާކުރާ ބްރިޖެކެވެ.

ދިގުމިނުގައި 8.177 މީޓަރު ހުންނަ މި ސެގްމެންޓްތަކަކީ ދުނިޔޭގައިވެސް ބްރިޖެއްގައި ބޭނުންކުރާނެ އެންމެ އުސް ސެގްމަންޓްތަކެވެ. ސެގްމެންޓްތައް ނިމެމުންދާ ވަރަކަށް ތަނބުތަކަށް އިންސްޓޯލް ކުރަމުން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން