ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ދައްކަވާ 'ހޮޅި' ވާހަކަފުޅުތައް ހިޔާ ފްލެޓާއި އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ،ޑީޑީ) ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިފަދައިން ވިދާޅުވީ އެމްޑީޕީން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ހިޔާ ފްލެޓްގައި މިއަދު ބޭއްވި ކެމްޕޭން އިވެންޓްގައި ވާހަަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ ހިޔާ ފްލެޓާއި އައްޑޫ ސިޓީގެ ރައްޔިތުންނަށްވެސް ތަރައްގީގެ ހަގީގީ މޭސްތިރިއަކީ ރައީސް ޞާލިޙުކަން އެނގޭނެ ކަމަށެވެ.

"ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ މީހުންގެ ހަގީގީ ކެންޑިޑޭޓަކީ ރައީސް ޞާލިޙު. ހޮޅި މުޢިއްޒު ކިތަންމެ ވަރަކަށް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރިޔަސް ރައްޔިތުންނެއް ޤަބޫލެއް ނުކުރާނެ. އަޅުގަނޑު އައްޑޫ ސިޓީއަށް އުފަން ރައްޔިތެއްގެ ހައިސިއްޔަތުން ދަންނަވާލަން އޮތީ މިިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް އެވިދާޅުވާ ޕީއެންސީގެ ކެންޑިޑޭޓް ވަޑައިގެން އެ ދެއްކެވި ހުވަފެންތައް އައްޑޫ ސިޓީގެ ރައްޔިތުން ބަލައިގަންނާކަށް ނެތްކަން. އަޅުގަނޑުގެ އުފަން ރަށް ހުޅުދޫގައި އެމަނިކުފާނުގެ ހަތް އަހަރު ދުވަހުގެ އަތޮޅު ވެރިކަމުގެ ތެރޭގައި އެންމެ ތާރުކޮޅެއްވެސް އަޅުއްވާދެއްވަވާފައި ނެތްކަން ރައްޔިތުން ގަބޫލުކުރޭ. އެކަމަކު ރައީސް ޞާލިޙުގެ ސަރުކާރުން ބޮޑެތި މަގުތައް ވެރިކަމުގެ ފުރަތަމަ އަހަރުވެސް ތާރު އަޅުއްވައިދެއްވަވާ މިހާރު ރަށުގެ މުޅި އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ މަސައްކަތްވެސް އެ ދަނީ ކުރިއަށް. މިހާރު އެ މަސައްކަތް އެ އޮތީ ނިމިފައި. ތިން ރަށް ހިއްކާ ނިމި އެ މަޝްރޫއުތައްވެސް އެ ދަނީ ކުރިއަށް." ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވިގޮތުގައި ޕީޕީއެމްގެ ވެރިކަމުގައި ސިޓީ ކައުންސިލުތަކުގެ ބާރު ނިގުޅައިގަތުމުގެ މޭސްތިިރިއަކީ ޑރ. މުއިއްޒެވެ. އަދި އެމަނިކުފާނު ސިޓީ ކައުންސިލު ބެލެހެއްޓެވި ޖުމްލަ ހަތް އަހަރުތެރޭގައި އަލަށް ވިހާ ކުދިންނާއި މަރުވާ މީހުންގެ ރަޖިސްްޓްރީ ބެއްލެވުން ނޫން އިތުރު ފައިދާހުރި މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އަދި މިހާރު އެ މަސައްކަތްކުރައްވަނީ އެޓޯލްސް މިނިސްޓްރީއެއް އުފައްދަވައި ހުރިހާ ސިޓީ ކައުންސިލުތަކުގެ ބާރު މުށުތެރެއަށް ލައްވަން ކަމުގައި ޑީޑީ ވިދާޅުވިއެެވެ.

"ހަގީގަތުގައި ޕީޕީއެމްގެ ވެރިކަމުގައި ސިޓީ ކައުންސިލުތަކުގެ ބާރު ނިގުޅައިގަތުމުގެ މޭސްތިިރިއަކީ އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޢިއްޒު. މިކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މުޢިއްޒަކީ ހަމައެކަނި ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ބާރުވެރިކަމެއް ނޫން. ރައީސް ވަހީދުގެ ދެ އަހަރުގެ ވެރިކަމާއި ޖުމްލަ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި އައްޑޫ ސިޓީއާއި މާލެ ސިޓީގެ ހަމައެކަނި ހަވާލުކޮށްފައި އޮތީ ވިހާ މަރުވާ މީހުން ބެލުމުގެ މަސައްކަތް. ހަތް އަހަރު ލިބުނީމަވެސް ހަމައެކަނި ސިޓީ ކައުންސިލުތަކަށް ލިބިދީފަ އޮތީ ވިހާ މަރުވާ މީޙުންގެ ލިސްޓު ބެލެހެއްޓުން. މިއަދު އަނެއްކާ އިއުލާންވަނީ އެޓޯލްސް މިނިސްޓްރީ އުފައްދާފައި ހުރިހާ ސިޓީ ކައުންސިލުތަކުގެ ބާރުވެރިކަން އެމަނިކުފާނުގެ މުށުތެރެއަށް ޖަމާކުރައްވާ ވާހަކަ." ޑރ. ޑީޑީ ވިދާޅުވިއެވެ.

އެހެންވީމާ އަމުދުން އެއްވެސް ސިޓީއެއްގެ އަދި އެއްވެސް އަތޮޅެއްގެ ރައްޔިތަކު މިއަދު އެމަނިކުފާނުގެ އަނިޔާވެރިކަމުގެ ތެރެއަށް އެއްވެސް ކަހަލަ ބާރުވެރިކަމެއް ދޭކަށް ބޭނުންނުވާނެކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދި މީގެ ކުރީގައި ރައީސް ޔާމީންގެ ވެރިކަމުގައި ތަހައްމަލު ކުރި އަނިޔާވެރިކަމަށް އެނބުރި ނުދިއުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން