އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ފަހުގެ ކެމްޕެއިން ހަރަކާތަކަށް ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ނިންމާލުމުގެ ހިނގާލުން ފަށާނީ މިއަދު ހަވީރު 04:00 ޖަހާއިރު ސޯޝަލް ސެންޓަރ ސަރަހައްދުން ކަމަށާއި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑު ސަރަހައްދަށް ކަމަށެެވެ. ރައީސް ޞާލިޙަށް ތާއީދުކުރައްވާ އެންމެހާ ސަޕޯޓަރުންނާއި އެމްޑީޕީއާއި އަދާލަތު ޕާޓީގެ މެންބަރުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ފަރާތުން ވަނީ އެދިފައެވެ.

އެމްޑީޕީން ބުނީ ކެމްޕެއިން ނިންމާލުމުގެ މި ހަރާކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެެވެ. ރައީސް ވަނީ ފުރަތަމަ ބުރުގައި 170 ރަށަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ. އަދި ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް ރައީސް ވަނީ ވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:00 ޖެހުމާއި ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން