މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމުގެ މަސައްކަތްކުރުން މަނާ ވަގުތުގައި ސޯޝަލް މީޑިއާގައިވެސް ކެމްޕެއިންކުރުން މަނާވާނެވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ކެމްޕެއިން ކުރުން މަނާ ވަގުތަކީ ހުކުރު ދުވަހު އިރުއޮއްސި 6:00 ން ފެށިގެން އާދީއްތަ ދުވަހު ހެނދުނު 6:00 އަށްކަމަށެވެ.



ހަބީބް ވިދާޅުވީ ކެމްެޕެއިން ކުރުން މަނާ ގަޑީގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މީހުންނަށް އެސް.އެމް.އެސް ފޮނުވުމާއި، ސޯޝަލް މީޑިޔާގެ އެއްވެސް ވަސީލަތެއް ބޭނުންކުރުމަކީވެސް މަނާކަމެއްކަމަށެވެ.

ހަބީބް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުމަކީ ވާޖިބެއްކަމަށެވެ.

އިންތިހާބަށް ތާއީދު ހޯދުމުގެ މަސައްކަތްކުރުން މަނާ ވަގުތުގައި މަގުމަތީގައި ފާޅުގައި ކެމްޕެއިން ނުކުރިނަމަވެސް، ސޯޝަލް މީޑިއާއާއި އެސްއެމްއެސް ފޮނުވައިގެން ތާއީދު ހޯދުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ރާއްޖޭގައި ކުރިއަށްދެއެވެ. މި އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން