ދެވަނަ ބުރަށް ބަހާ ފައިސާގެ ތަފްސީލު ކަމަށް ބުނެ ދައުރު ކުރަމުންދާ ލިސްޓުގައި ހަގީގަތެއް ނެތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބާ ދިމާކޮށް ދާއިރާތަކަށް ފޮނުވި ފައިސާގެ ތަފްސީލު ކަމަށް ބުނެ ބޮޑު ލިސްޓެެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެ ލިސްޓުގައި ކެމްޕޭނަށް ދިން ފައިސާގެ އަދަދާއެކު ބައެއް މީހުންގެ ނަންތަށް ވަނީ އާންމުކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީއިން 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކަނޑައަޅާފައިވާ ބަޖެޓްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް އެއްޗެއް ކަމަށެވެެ. އަދި އެއީ އެންޓި ކެމްޕެއިން ކުރުމުގެ މަގުސަދުގައި ބަޔަކު ދަައުރުކުރަމުންދާ ލިސްޓެއް ކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އެޕާޓީން ވާދަކުރާ ކޮންމެ އިންތިހާބެއްގައިވެސް ކެމްޕެއިންނަށް ކުރާ ހަރަދުތަކަކީ އެ އިންތިހާބަކާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ހަރަދުތަކެއް ކަމަށެވެ. އަދި އެކަން ކޮންމެ އިންތިހާބެއްނިމި ގާނޫނުގައި ބަޔާންކުރާ މުއްދަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުތަކުން ސާބިތުވާން ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނިގޮތުގައި ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބައިވެރިވެ ހޯދާ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ މި ޕާޓީގެ ހީވާގި ގައުމީ މަޖިލިސްގެ މެމްބަރުންނާއި ޕާޓީގެ ލޮބުވެތި މެމްބަރުން ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ހިޔާލާއެކު އެކުލަވާލާ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން