ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަވަނީ އެންޓީ ކެމްޕެއިންކުރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައި ވަނީ މާދަމާ އޮންނަ އިންތިހާބާބެހޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މާދަމާގެ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ނިމިފައިވާކަމަށާއި، ތާވަލް ކުރެވިފައިވާ ގޮތަށް ކުރިއަށްދާކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މިހާތަނަށް އައިއިރު މާބޮޑު މައްސަލަތަކެއް ފާހަގަވެފައި ނުވާކަމަށެވެ. ނަމަވެސް ދެ ކެނޑިޑޭޓޫންގެ ކެމްޕެއިންގެ ތެރެއިން ކަންބޮޑުވާ ބައެއް ކަންކަން ފެންނަކަަމަށާއ، އެގޮތުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އެންޓި ކެމްޕެއިންކުރުމުގެ މައްސަލަތައްކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަ ކަންބޮޑުވާ ހިސާބަށް އެބަދޭ އެންޓި ކެމްޕެއިން ކުރެއްވުމުގެ ކަންތައްތައް،" ފުއާދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މާދަމާ ވީހާވެސް އަވަހަށް ވޯޓްލުމަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 ހަވީރު 5:00އާއި ހަމައަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282804 މީހަކަށް ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން