ހެނދުނު 8 ޖެހުމާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކާއި ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ތަންތަނުގައި ބަހައްޓާފައިވާ ގިނަ ފޮށިތަކަށް ވަނީ ވޯޓުލާން ފަށާފައެވެ.

މިއީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުން:

• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)

• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނަށް ދެވަނަ ބުރުގައި މުޅިން އަލަށް ވޯޓުލެވޭނެއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:00 ގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު