މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަަ ބުރުގައި ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓް ޑޜ. މުޙައްމަދު މުޢިއްޒުގެ ރަނިންގ މޭޓް ޙުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ވޯޓް ލައްވައިފިއެވެ.
ސެމްބެ ވޯޓު ލައްވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މީހުން ވޯޓްލާ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ.
މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 5:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދިނުމަށް ފަހުގައެވެ.
ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު