ފޮޓޯ: އަދަދު
ފޮޓޯ: އަދަދު
އިދިކޮޅު ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.

ޑރ. މުއިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ 214 ނަމްބަރު ފޮށްޓަށެވެ. ޑރ. މުއިއްޒުގެ އިތުރުން، އެމަނިކުފާނުގެ ރަނިންގމޭޓް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްވެސް ވަނީ ވޯޓު ލައްވާފައެވެ. ޙުސައިން ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގދ. އަތޮޅުގެ ވޯޓު ފޮށްޓަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުޢިއްޒުއާއި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

މި ދެ ބޭފުޅުން އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރު ކުރެއްވީ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްލަ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ފުރަތަމަ ބުރުގައި ޑރ. މުޢިއްޒަށް 101،635 ވޯޓު (46 އިންސައްތަ) ލިބިފައިވާއިރު ރައީސް ޞާލިޙަށް ލިިބިވަޑައިގަތީ 86،161 ވޯޓު (39 އިންސައްތަ)އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން