ޕާޓީ ބަދަލުކުރި އޮބްޒާވަރުންނާއި މޮނީޓަރުންނަށް އިންތިޚާބީ މަރުކަޒު އޮބްޒާވް ކުރުމަށް އެކްސެސް ނުވެވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ދައުރު ބައެއް ޕާޓީތަކުން ބަދަލު ކުރެއްވުމާ ގުޅިގެން، އެގޮތަށް ބަދަލުކުރި ބައެއް އޮބްޒާވަރުންނާއި މޮނިޓަރުންނަށް، ވޯޓުލާ މަރުކަޒަށް އެކްސެސް ނުވުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ. އެއީ އީސީގެ މައްސަލައެއްނޫން ކަމަށާއި އެކަމަކު އެކަން ހައްލުކޮށް ވީހާވެސް އަވަހަކަށް އެކްސެސް ދިނުމުގެ މަސައްކަތް ކޯޑިނޭޝަން ސެންޓަރުން ކުރިޔަށް އެބަގެންދަވާ ކަމަށް ޢޭނާ މައުލޫމާތު ދެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މިއަދުގެ ނިޔަލަށް 18 އަހަރުފުރޭ 408 ޒުވާނުންނަށް ދެވަނަ ބުރުގައި މުޅިން އަލަށް ވޯޓުލެވޭނެއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:00 ގެ ނިޔަލަށެވެ. އީސީން ވަނީ އެއްވެސް ސަބަބަކާއި ހުރެ ވޯޓުލުން މެދުކެނޑުނަސް، ވޯޓުލާ ވަގުތު އިތުރު ނުކުރައްވާނެ ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން