ރާޔާ ރިޟާ   30 ސެޕްޓެމްބަރު 2023 - 16:23
އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ. ހިންނަވަރު ރައްޔިތުންނަށް ޚާއްސަ ވޯޓު ފޮށްޓަށެވެ.

ރައީސް ޞާލިޙުގެ އިތުރުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވާފައެވެ. މުއިއްޒު ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ދެ ނަމްބަރު ފޮށްޓަށެވެ.

މިއަދު ހެނދުނު 08:00 ގައި ވޯޓުލާ މަރުކަޒުތަކުގައި ވަނީ ވޯޓުލާން ފަށާފައެވެ.

ވާދަވެރި އަދި ވަރަށް ފޯރިގަދަ ކެމްޕޭނަކަށް ފަހު މިއަދު ވޯޓުލުން ފެށި ނަމަވެސް ވޯޓުލުމުގެ ކަންކަން އަދި ދަނީ ވަރަށް އޮމާންކޮށްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން