އައްޑޫ މަރަަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފަށް ހަމަލާދީފިއެވެ.

ޝަރީފަށް ހަމަލާދީފައިވަނީ މަންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުންނަވަނިކޮށެވެ. ޝަރީފްގެ ފޮޓޯތަކުން އޭނާގެ ލޯ ކައިރިއަށައި އަދި މޫނުމަތީގައި ޒަހަމްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އަޙްމަދު ނިހާދަށްވެސް މިއަދު ހެނދުނު ބަޔަކު ހަމަލާދީގެން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން