އައްޑޫ މަރަަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފަށް ހަމަލާދިނުމަށްފަހު މަރުގެ އިންޒާރުދިން ކަމަށް އޭނާގެ އަރިސް ބޭފުޅަކު މައުލޫމާތު ދީފިއެވެ.



އެ އޭނާ ވިދާޅުވި ގޮތުގައި ޝަރީފް ކެމްޕެއިން ޓީމާއިއެކު ހުންނަވަނިކޮށް ބަޔަކު މީހުން އެތާ ތެރެއަށް ވަދެ ގިނައިރުތަކެއް ވަންދެން ތިބި ކަމަށެވެ. އަދި ކުއްލިއަކަށް ޝަރީފްގެ މޫނުމަތީގައި ވަރަށް ބާރަށް އެމީހުން ޖެހީކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

އެގޮތުން، ޝަރީފް އަޅުއްވައިގެން ހުރި އައިނު ވެއްޓި ތަޅައިގެން ދިއުމުގެ އިތުރަށް އޭނާގެ ލޯ ކައިރި ވަރަށް ބޮޑަށް ދުޅަވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ މޫނުމަތީގައި ވަކި އެޅި ނޫފައިގެންފައިވާ ކަންވެސް ފާހަގަކުރެވެއެވެ.

ހަމަލާ ދިން މީހާ ޝަރީފަށް އިންޒާރުދިނުމުގެ ގޮތުން "މަގުމަތިން ފެނުނަސް" މަރާނެ ކަމަށް ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު މެންދުރު ޝަރީފަށް ހަމަލާދީފައިވަނީ މަންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުންނަވަނިކޮށެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ޝަރީފްގެ ފޮޓޯތަކުން އޭނާގެ ލޯ ކައިރިއަށާއި ނޭފަތްކައިރީގައި ޒަހަމްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މިހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އަޙްމަދު ނިހާދަށްވެސް މިއަދު ހެނދުނު ބަޔަކު ހަމަލާދީގެން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ދަނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން