ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދިން މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީ އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާކަމަށާއި، އަދި އެހަމަލާތައް އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އައްޑޫ މަރަަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފަށް ހަމަލާދީފައިވަނީ މަންހަޓަން ބިޒްނަސް ހޮޓެލް ތެރޭގައި ހުންނަވަނިކޮށެވެ. ޝަރީފަށް ހަމަލާދިނުމަށްފަހު މަރުގެ އިންޒާރުދިން ކަމަށްވެސްވެއެވެ.

މީގެއިތުރުން އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އަޙްމަދު ނިހާދަށްވެސް މިއަދު ހެނދުނު ބަޔަކު ހަމަލާދީގެން ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވާކަމެއްގެ ކަމުގައި އެކޮމިޝާނުން ބުނެފައިވެއެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން