މާޝާ މިދުހަތު   30 ސެޕްޓެމްބަރު 2023 - 23:6
ރިޔާސީ އިންތިހާބުގެ ދެވަ ބުރުގައި ވޯޓުލުމަށް ގދ ވާދޫގައި ބަހައްޓާފައިވާ ވޯޓު ފޮށި ފަޅާލި މީހާ ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ވާދޫ ވޯޓު ފޮށި ފަޅާލީ ކިއޫ ބަންދުކުރިއިރު ވޯޓުލާން ދިޔަ މީހަކަށް ވޯޓު ނުލެވިގެންނެވެ. އެރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުން ވޯޓު ފޮށި ފަޅާލައިފައިވަނީ ވޯޓުލާން ދިޔަ މީހާއަށް ވޯޓު ނުލެވިގެން އެކަމާ ރުޅިއައިސްގެން ވޯޓު ފޮށި ނަގައި ބިންމައްޗަށް ޖަހައެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މިހާރު ވޯޓު ފޮށި ފަޅާލި މީހާ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ރިޕޯޓު ކުރުމާއެކު، ބަލަން ޖެހޭ ކަންކަން ބެލުމަށް ވޯޓު ފޮށީ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން