މާޝާ މިދުހަތު   30 ސެޕްޓެމްބަރު 2023 - 23:18
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމާއިއެކު ވޯޓުލުން ނިމިފައިވާ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގައި ވޯޓު ލާން ފެށީ ހެނދުނު 08:00 ޖެހިއިރުއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާގޮތަށް ވޯޓުލުން ނިންމާލައިފައިވަނީ ހަވީރު 5:00 ގައެވެ.

ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމާއިއެކު ވޯޓުލުން ނިމިފައިވާ ވޯޓު ފޮށިތައް ބަންދުކޮށް ގިނަ ވޯޓުފޮށިތަކެއްގެ ކިއޫވެސް ވަނީ ބަންދުކޮށްފައެވެ. ކިއޫ ބަންދުކުރިއިރު ކިއޫގައި ތިބި އެންމެންނަށް ވޯޓުލެވޭނެކަމަށް އީސީ އިން ބުނެފައިވެއެވެ.

މީގެއިތުރުން ވޯޓުލުން ނިމި، ބަންދުކޮށްފައިވާ ވޯޓު ފޮށިތަކުގެ ވޯޓު ގުނަން މިހާރު ވަނީ ފަށައިފައެވެ.

އިންތިހާބުގެ ވޯޓުލުން ބަންދުކުރިއިރު ވޯޓު ލެވޭ އާބާދީގެ ދެލައްކައަށްވުރެއް ގިނަ މީހުން ވަނީ ވޯޓު ލާފައެވެ. މިއީ ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން