ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރަށްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ނިމި، މިހާތަނަށް ވަނީ ގިނަ ފޮށިތަކެއްގެ ނަތީޖާ ލިބިފައެވެ.

މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ޑރ.މުއިއްޒުއެވެ. ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެ މިންވަރަށް ގިނަ ފޮށިތަކުގެ ވަގުތީ ނަތީޖާ ލިބިފައި ވާއިރު ޑރ. މުޢިއްޒު ކުރި ހޯއްސަވާފައި ވަނީ ގާތްގަނޑަކަށް 54 އިންސައްތަ ވޯޓުންނެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކަށް ބަލާއިރު ރައީސް ޞާލިހަށް ލިބިވަޑައިގެންފައި ވަނީ 46 އިންސައްތަ ވޯޓެވެ.

އިންތިހާބުގައި ވޯޓްލާފައިވާ އަދަދާއި ގުނާފައިވާ ފޮށިތަކުގެ އަދަދަށް ބަލާއިރު، ޑރ.މުއިއްޒު ފަހަތަށް ޖައްސާލުމަށްފަހު، ރައީސް ސާލިހު އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތެއް ނެތެވެ.

ބެލެވޭ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއެްގައި ނޫނީ މާދަމާ އިއުލާންކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން