މިއަދު ބޭއްވިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ވަރަށް ފުރިހަމަ އިންތިޚާބެއްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތަައުފީޤް ވިދާޅުވީ ރާއްޖޭގައި މިއަދު ކުރިއަށްދިޔަ އިންތިހާބުގެ ކަންކަން ދިޔައީ އޮމާންކޮށް ކަމަށާއި، މާބޮޑު މައްސަލަތަކެއް އިންތިހާބުގެ ތެރެއިން ފާހަގަނުވާކަމަށެވެ. އަދިި ޝަކުވާތަކެއް ހުށަހެޅުނުނަމަވެސް، އިންތިހާބަށް އަސަރުކުރާފަދަ ޝަކުވާއެއް ލިބިފައިނުވާކަމަށް ވެސް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މީގެކުރިން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި މައްސަލަތައް ހުންނަކަމާއި، އަދި އެނޫންވެސް ޝަކުވާތައް ލިބުނުނަމަވެސް، މިފަަހަރުގެ އިންތިހާބަކީ ތަފާތު އިންތިހާބެއްކަމަށެވެ. އެގޮތުން މިއަދު ރާއްޖޭގައި ބޭއްވި އިންތިހާބަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ އެއް އިންތިހާބުކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

"މިއީ ވަރަށް ފުރިހަމަ އިންތިޚާބެއް. ރާއްޖެއަކީ ދުނިޔެއަށް ނަމޫނާ އިންތިޚާބްތަކެއް ބޭއްވޭނެ ޤައުމެއްކަން ހާމަވާނެ." ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާއި ގުޅިގެން ހުށަހެޅުނީ 30 ވަރަކަށް ޝަކުވާކަމަށެެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާއެއް އޭގެތެރޭގައި ނެތްކަމަށްވެސް އެެ ކޮމިޝަނުން ބުނެއެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރަން ފަށާނެކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން