އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެެއްޖެއެވެ.

މިއަދު ބޭއްވި ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ވާދަކޮށް، ބޮޑު ތަފާތަކުންނެވެ.

ޑރ. މުއިއްަޒު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް އެކި ފަރާތްތަކުން ދަނީ މަރުހަބާ ދަންނަވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.



މުއިއްޒުއަށް މަރުހަބާ ދެންނެވިނަމަވެސް، ރައީސް ނަޝީދުގެ ޓްވީޓްގައި ރައީސް ސާލިހު މިދިޔަ 5 އަހަރު ކޮށްދެއްވި މަސައްކަތް ފާހަގަކުރަށްވާފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ އިތުރުން، އެމްޑީޕީގެ ވަޒީރުންނާއި އެެހެން ބައެއް ޕާޓީތަކުންވެސް ދަނީ އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވަމުންނެވެ. ނަމަވެސް ސަރުކާރުން އަދި ރަސްމީކޮށް އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން