މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރިމަތިވެ ވަޑައިގެންނެވީ ނާކާމިޔާބީ ގަބޫލުކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި، ޑރ. މުހައްމަދު މުއިއްޒުއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ސާލިހު ވިދާޅުވީ ‏ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޢިއްޒުއަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި އިންތިޚާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ޓްވީޓްގައި ވަނީ އެކުގައި މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އަދާލަތު ޕާޓީގެ މެމްބަރުންނަށްއި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.



މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 53.8 އިންސައްތަ ވޯޓުންނެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 46.2 އިންސައްތަ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން