ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެމަނިކުފާނުގެ ކުރިމަތީގައި ދިވެހި ހުރިހާ ރައްޔިތުންވެސް ހަމަހަަމަވާނެ ކަމުގައި މ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ލިބިވަޑައިގެންނެވި ފުރިހަމަ ކާމިޔާބީއަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ އެންމެން އެކަތިގަނޑަކަށްވެ ތިބެ ސުލްހަ މަސަލަސްކަން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ރައްޔިތަކީވެސް ޚިޔާލު އެއްގޮތް ނުވިޔަސް އެއްވަރަކަށް ޙައްޤުތައް ލިބިގެންވާ ދިވެހި ރައްޔިތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭރުން ގައުމަށް ކުރިއެރުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއްވެސް ބޭފުޅަކު ގައުމުގެ ހަމަޖެހުމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރަން އަޅުގަނޑު އެދެން. އެއްވެސް ފަރާތަކަށް ފުރުޞަތު ނުދެއްވާ މަސްލަހަތު ގެއްލުވަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަދި އުފާ ފާޅުކުރުމުގައިވެސް އުޅުމާއި ގުޅުން ރަނގަޅަށް ބެހެއްޓުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

ދިވެހީންގެ ރާއްޖެ ދިވެހިންނަށް ޔަގީންކޮށްދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވިއެވެ. އިންތިގާލީ މަރުހަލާގައި ކަންކަން ބަލައި 17 ނޮވެމްބަރުގައި ސަރުކާރާ ހަވާލުވާނީ ބާރު ސްޕީޑްގައި ރައްޔިތުން އެދޭ ކަންކަންކޮށްދީ ހިދުމަތް ކޮށްދިނުމަށް ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

ނަތީޖާ އިން ލިބިގެންދިޔައީ ގައުމުގެ މުސްތަގުބަލް ބިނާކޮށް މިނިވަންކަން ޔަގީން ކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމަށާއި ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ގައުމުގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހޭނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ. ރައްޔިތުން ކުރި އިތުބާރާއެކު، ހަވާލުކުރި އަމާނާތް އަދާކުރުމަށް ފުރުސަތު ދިނުމަށް މުއިއްޒު ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން