ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެއަށް ބަދަލުކުރުމަކީ ގައުމުގެ މަސްލަހަތަށްޓަކައި މިވަގުތު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެ، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިންތިހާބީ ރައީސް، ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށްފަހު ނޫސްވެރިންނާއެކު ބޭއްވެވި ފުަރަތަމަ ބައްދަލުވުމުގައެވެ.

މުއިއްޒު ވިދާޅުވީ ގައުމުގެ ހަމަޖެހުން ގެއްލޭކަހަލަ ކަމެއް ކުރުމަށް ހިތްވަރު ނުދެއްްވާނެކަމަށާއި، އެފަދަ ކަންކަމުން އެމަނިިކުފާނުގެ ސަޕޯޓަރުން ދުރުހެލިވާންޖެހޭކަމަށެވެ. މީގެ އިތުރުން މުއިއްޒު ވަނީ އެމަނިކުފާނަށް އިތުބާރު ކުރައްވާ ވޯޓު ދިން ހުރިހާ ރައްޔިތުންނަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މުއިއްްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ލިބިގެންދިޔައީ ގައުމުގެ މުސްތަގުބަލް ބިނާކޮށް މިނިވަންކަން ޔަގީން ކުރުމަށް ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމަށާއި ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ގައުމުގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން