ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަރުހަބާ އާއި ތަހުނިޔާ ވިދާޅުވެ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިކުރުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށާއި މި ދަނޑިވަޅަކީ އެފަދަ އިމްތިހާނެއް ކަމަށެވެ.



މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕިއެމް/ޕީއެންސީ ކޯލިޝަނަކީ "އިންޑިއާ އައުޓް" ގެ ނަމުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ކޯލިޝަނެެއް ކަން ފާހަގަކުރެވެއެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ، އެ މީހުން ބާލަން ގޮވާލައި، ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ފެއްޓެވި ކެމްޕޭނެކެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހާ ދެވަނަ ބުރުގައި ވާދަކުރަށްވައި 126،842 ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނު ވަނީ ވޯޓްލީ މީހުންގެ 53.0 ޕަސެންޓް ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން