ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ފުރިހަމަ ކެމްޕޭނަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރޭ ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.



މީގެއިތުރުން ރައްޔިތުންެގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ސޯލިހް ކުރެއްވި ފުރިހަމަ ކެމްޕޭނަށް އަދި ދެއްކެވި ހިއްވަރާއި ރިވެތި ނަމޫނާއަށް ރައީސް ސޯލިހަށާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވީ 126،612 ވޯޓު ހޯއްދަވައިގެންނެެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން