ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ ގާސިމް އިބްރާހީމް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުޢިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވައި ކުރެއްވި އެކްސްއެއްގައި ގާސިމް ވަނީ އިންތިޙާބުގައި ޑރ. މުޢިއްޒުގެ ރަނިންގމޭޓްގެ ގޮތުގައި ވާދަކުރެއްވި ޙުސައިން މުޙައްމަދު ލަތީފު (ސެމްބެ) އަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި ހަމައެއާއިއެކު، ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ދެބޭފުޅުން އިންތިޚާބު ކުރެވުނު މަޤާމުގެ ޒިންމާއަށް އަމާނާތްތެރިވެ، ތެދުވެރިކަމާ ވަފާތެރިކަމާއެކު، ޤާނޫނީ ހުކޫމަތު ދަމަހައްޓާ، ދިމިޤްރާތީ ހަމަތައް ނަގަހައްޓާނެކަމަށް އުއްމީދު ކުރަށްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ޤައުމުގެ މިނިވަންކަމާ، އިސްތިޤްލާލް ނެގެހެއްޓުމުގެ އިތުރަށް، ދިވެހި ރައްޔިތުންގެ ހަައްޤުތައް ރައްކާތެރިކޮށް، އެންމެހާ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، ދިވެހި ޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވެފަެި ވެއެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 54 އިންސައްތަ ވޯޓުންނެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 45.9 އިންސައްތަ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން