އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ މިއަދު އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ. އަދި ރާއްޖޭގައި އަލަށް އިންތިޚާބުވީ ރައީސާއި ގުޅިގެން 1966 ވަނަ އަހަރުގައި އެމެރިކާއާއި ރާއްޖެއާއި ދެމެދު އުފެދުނު ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެމްބަސީން ބުނެފައިވެއެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 54 އިންސައްތަ ވޯޓުންނެވެ. ރައީސް ސާލިހަށް ލިބިވަޑައިގަތީ 45.9 އިންސައްތަ ވޯޓެވެ.

އެމެރިކާއިން ޑރ. މުޢިއްޒަށް މަރުހަބާ ކީއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީވެސް ވަނީ އެމަނިކުފާނު ޙޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން