ވ. އާރަށު ކޮރަޕްޝަން މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ގޭބަންދަށް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ކަރެކްޝަނަލް ސާވިސްއިން ވަނީ "ރަސް އޮންކައިން" އަށް ކަށަވަރު ކޮށްދީފައެވެ. ކަރެކްޝަނުން ބުނީ ރައީސް ޔާމިން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ.

ޑރ. މުހައްމަދު މުޢިއްޒު އިންތިޚާބުން ކުރި ހޯއްދެވި ކަން ކަށަވަރުވުމާއެކު ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ރޭ ވަނީ ޕާޓީގެ އޮޮފީސް ކުރިމައްޗަށް އެއްވެ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ކަށަވަރުވުމާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޑރ. މުޢިއްޒު ވަނީ ރައީސް ޔާމީން ޖަލުން ދޫކޮށްލުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ދަށުން ރައީސް ޔާމީން ޖަލުން ދޫކުރެއްވުމުގެ އިޚްތިޔާރު އެބައޮތްކަން ޑރ. މުޢިއްޒު ފާހަގަކުރެއްވެވިއެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް އަދަބުވެރިކަމާއި އިހްލާސްތެރިކަމާއެކު ދަންނަވާލަން، އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާށޭ" ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް ސަރވިސްގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮން ދުވަހެއްގައި ކަމަށް ދަންނަވަން ދަތި ނަމަވެސް، މިއަދުގެ ވަގުތެއްގައި ބަދަލުކުރައްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން