އެމްއެމްޕީއާރްސީ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ގޭބަންދަށް ދޫކުރަން ސަރުކާރުން ނިންމެވި ނިންމެވުމާއި އެއްގޮތަށް އެމަނިކުފާނު މިއަދު މެންދުރުގެ ވަގުތެއްގައި މާލެ ގަނަސްފިއެވެ.

ރައީސް ޔާމީން ދޫނިދޫއިން މާލެއަށް ވަޑައިގަތީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

ކަރެކްޝަނުން ބުނީ ރައީސް ޔާމިން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިބަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެފައެވެ.

ރައީސް ޔާމިން ގެކޮޅަށް ބަދަލުކޮށް އަދި އެމަނިކުފާނު މިނިވަން ކުރުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ކުރަށްވާނެ އެއް މަސައްކަތަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން