އިންތިޚާބީ ރައީސް ޑރ. މުޢިއްޒު މިރޭ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ. '

އެގޮތުން، މިރޭ 08:30 ގައި އާޓިފިޝަލް ބީޗްގައި ބާއްވާ ބައްދަލުވުމަކަށް އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 54 އިންސައްތަ ވޯޓުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ލިބިވަޑައިގަތީ 45.9 އިންސައްތަ ވޯޓެވެ.

މިރޭ ޑރ. މުޢިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަރުކާރުން ވަނީ ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ގެކޮޅަށް ބަދަލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން