ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ލަފާފުޅު ބޭނުންފުޅު ވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުޢިއްޒު މިހެން ވިދާޅުވީ ޖަލު ހުކުމެެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން މިއަދު ގޭ ބަންދަށް ބަދަލުކުރުމާއެކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގ.ދޫވެހި ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެެވެ. އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރަން ޔާމީނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ލިބޭ ލަފާފުޅުތަކަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށެވެ.

އެހެން ނަމަވެސް އެމަނިިކުފާނު ގޭ ބަންދުގައި މިވަގުތު ހުންނެވުމުން ބައެއް ކަހަލަ ދަތިތައް އަދި އެބަހުރި ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ ގޭ ބަންދުގައި ހުންނަވައިގެން ވެސް ދެއްވާ ލަފާފުޅުތައް ބޭނުންތެރި ވާނެ ކަމަށެވެެ. އަދި އުއްމީދަކީ ވީހާވެސް އަވަހަކަށް މިނިވަންކަމާއެކު ޔާމީނަށް ވާހަކަފުޅު ދެއްކޭ ގޮތް ވުން ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޔާމީން ގެއަށް ދޫކުރަން ރައީސް ނިންމެވީ މިވަގުތު ގައުމުގެ މަސްލަހަތަށް ބައްލަވާފައި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މި ގައުމުގެ ރައްޔިތުން ބަސް އިއްވީމާ އެކަމުގެ ހަމަ ގޮތް ނިންމެވީ. ގައުމުގެ މަސްލަހަތު އިސްކުރައްވާފައި ކަމަށް ރައީސް ވިދާޅުވި." ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމުހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގެންފައިވާ މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން