ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަނާ ދަންނަވަން އެތައް ސަތޭކަ ބަޔަކު އެމަނިކުފާނުގެ ގެކޮޅު ކައިރިއަަށް މިއަދު ޖަމާވެއްޖެއެެވެ.

ރައީސް ޔާމީން މިއަދު ގެއަށް ބަދަލުކޮށްފައި މިވަނީ އެ މަނިކުފާނަށް އިއްވި ޖަލު ހުކުމަކީ ޤާނޫނާއި ހިލާފު ހުކުމެއްކަމަށް ބުނެ އެމަނިކުފާނުގެ ސަޕޯޓަރުން މެދުނުކެނޑި މުޒާހާރާ ކުރަމުންދާ އެތައް ދުވަހެއްވީ ފަހުންނެވެ.

ރައީސް ޔާމީން ކަރެކްޝަންގެ މުވައްޒަފުންނާއެކު ގެއަަށް ވަޑައިގަތުމުން އެމަނިކުފާނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި އިންތިހާބީ ރައީސް ޑރ. މުއިއްޒުއާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމްއެވެ. މީގެއިތުރުން ރައީސް ޔާމީނަށް ސަޕޯޓްކުރާ އެތައް ސަތޭކަ ބަޔަކު ވަނީ އެމަނިިކުފާނުގެ ގެކޮޅު ކައިރިއަށް ޖަމާވެފައެވެ.



ރައީސް ޔާމިން ގެކޮޅަށް ބަދަލުކޮށް އަދި އެމަނިކުފާނު މިނިވަން ކުރުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ކުރަށްވާނެ އެއް މަސައްކަތަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން