ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވީ އަލަށް އުފެދޭ ޕީއެންސީގެ ޑރ.މުޙައްމަދު މުއިއްޒު ސަރުކާރުގައި އެޕާޓީން ބައިވެރިވާނެ ކަމަށެވެ.

އެހެން ނަމަވެސް ޕީޕީއެމް/ޕީއެންސީ އިން ވެސް މިކަމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ރިޔާސީ އިންތިހާބު ތެރޭގައި ކޯލިޝަން ހަދަން ޑިމޮކްރެޓްސްއާއި ޕީޕިއެމް، ޕީއެންސީން މަޝްވަރާ ތަކެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެއްބަސްވުމަކަށް ނާދެވުމުން ކުރެވުނު މަޝްވަރާތައް ފަހުން ވަނީ ހުއްޓާލާފައެވެ.

މަޝްވަރާތައް ނާކަމިޔާބުވީ، ޑިމޮކްރެޓްސްއިން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ބޭނުން ވުމުން އެކަމަށް އިދިކޮޅުން އެއްބަސް ނުވުމުން ކަމަށް އެޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް އިން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިލްޔާސް ލަބީބެެވެ. އިލްޔާސް ވަނީ 15 ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ވ

04-Oct-2023

ވޯޓުދޭންވީމަކަމަކުނުދިޔަ މިހާރުތިއުޅެނީ ވަޒީފާތައްފޭރިގަންނައް



ޓްރެންޑިން