ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ޑރ. މުއިއްޒު އިންތިހާބުވެ ވަޑައިގަތުމާއި ގުޅިގެން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅީގެން އެކި ގައުމުތަކުގެ ލީޑަރުން އަންނަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުގެ އިތުރުން، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ މެސެޖުގައި ވިދާޅުވީ މުއިއްޒުގެ ވެރިކަމުގައި ރާއްޖެއާއި ލަންކާގެ ގުޅުމުގެ މުޅިން އައު ސަފުހާއެއް ހުޅުވިގެންދާނޭކަމަށެވެ.



ލަންކާގެ ކުރީގެ ބޮޑުވަޒީރުގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ .ޑރ. މުއިއްޒުއަށް، މަރުހަބާ ވިދާޅުވެފައެވެ.

ލަންކާއާއި އިންޑިއާއަކީ ރާއްޖެއާ އެންމެ އެކުވެރި ދެގައުމެވެ. އާންމުގޮތެއްގައި ރާއްޖޭގެ ވެރިކަމާއި އަލަށް ހަވާލުވެ ވަޑައިގަންނަވާ ބޭފުޅުންވެސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތައް އެންމެ ފުރަތަަމަ ބާއްވާނީވެސް އެ ދެ ގައުމަށްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން