ފޮޓޯ: ސަން އޮންލައިން
ފޮޓޯ: ސަން އޮންލައިން
ދިވެހި ދައުލަތް ހިންގުމުގައި ހަމަޖެހުން އޮތީ ރިޔާސީ ނިޒާމް އޮވެގެން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައުޒަރ ޝަހީމް ވިދާޅުވީ ރާއްޖެ މިހާރު ދަނީ ރިޔާސީ ނިޒާމަށް ފައްކާވަމުން ކަމަށާއި ރާއްޖޭގެ ސަރުކާރާއި ދައުލަތް ހިންގުމުގައި ހަމަޖެހުން އޮތީ ރިޔާސީ ނިޒާމު ދެމިއޮވެގެން ކަމަށެވެ. ބަރުލަމާނީ ނިޒާމަކީ ބައެއް ޤައުމުތަކުގައި އަމަލުކުރަމުންދާ ނިޒާމަކަށް ވިޔަސް، ދިވެހިން މީގެ ކުރިންވެސް ވަނީ ނިޒާމާއި ދޭތެރޭ ބަސް ބުނެފައި ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި. ދަ ޑިމޮކްރެޓްސް ޕާޓީން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ހުށައަޅައިގެން އެގަރާރު މަޖިލީހުން ފާސްކޮށް ނިޒާމީ ވޯޓު ނެގުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަން ކުރުމަށް މަޖިލީހުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ދަނީ މި މަހުގެ 29ގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ.

އެހެންނަމަވެސް ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ފިޔަވައި އެހެން ޕާޓީއަކުން ބަރުލަމާނީއަށް ތާޢީދުކޮށް އެކަން ކުރަން އުޅޭތަނެއް އަދި ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން