މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ރަޖިސްޓްރީ ހަވާލުކުރުން ދެން ކުރިއަށްދަނީ ސީއެޗްއެސްސީގެ ބާ އިމާރާތުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރާ ގޮތަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ހުޅުމާލެއާ ގުޅިފަޅުން މިހާރު ގޯތި ކަނޑާ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތުގެ މިހާރު ވަނީ ފަށާފައެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މީގެކުރިން ސަރުކާރުން ކުރިއަށް ގެންދަނީ ހުޅުމާލެ ސިންތެޓިކް ދަނޑު ސަރަހައްދުގައެވެ.

ހައުސިންގ މިނިސްްޓްރީން މިރޭ ބުނީ މާލޭ ރައްޔިތުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރުމައްޓަކައި ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ކުރިއަށް ގެންދިޔަ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް 3 އޮކްޓޯބަރުން ފެށިގެން ކުރިއަށްގެންދާނީ ކުރީގެ ސީއެޗްއެސްސީ އިމާރާތުގައިކަމަށެވެ.

"ބިންވެރިޔާ" ސްކީމުގެ ފުރަތަމަ ފިޔަވަހީގައި ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ނޮވެންބަރު ފަސްވަނަ ދުވަހުގެ ކުރީން ހަވާލުކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެ ރަޖިސްޓްރީވާނީ ގާނޫނީ ހުރިހާ މަރުހަލާއެއް ނިމި ސަރުކާރުން ދޫކުރާ ރަޖިސްޓްރީއަކަށް ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނެފައިވަނީ ގިރާވަޅުފަޅު ހިއްކާ ނިމުމާއެކު އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން އެތަނުގައި ފެނާއި ކަރަންޓާއި ނަރުދަމާ އަދި މަގު ހެދުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށްވެސް ސަރުކާރުން އޮތީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން