އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރުމަށް ގާނޫނީ ހުރަހެެއް އޮތްތޯ ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބުވުމަށްފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސަށް ހުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ނޮވެމްބަރު 11 ގައި ހުވާ ކުރުމަށް ހުރި ގާނޫނީ ހުރަސްތަކާ މެދު މިހާރު ދިރާސާ ކުރަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ ގާނޫނީ ހުރަހެއް ނެތްނަމަ އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވާނެ ކަމަށެވެ.

ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމުން، 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2018 ގަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު 17، ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން