ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ގާނޫނުއަސާސީއަށް ގެންނަ އެއްވެސް ބަދަލެއް ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ވޯޓަކަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކޮށްފައި، އެ ދައުރު ހަނިވާ ގޮތަށް އިސްލާހެއް ގެނައުމަކީ އެ މަނިކުފާނަށް ގަބޫލުފުޅުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ މި ވަގުތު ނިޒާމު ބަދަލު ކުރަން ތާއީދު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނު މީގެ ކުރިން ރިޔާސީ ނިޒާމަށް ކުރެއްވި ތާއިދު އެގޮތުގައި އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމާބެހޭ ގާނޫނަށް މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހު މަޖިލީހުން ފާސްކުރެވޭނީ 75 ޕަސެންޓް ވޯޓު ލިބިގެން ކަމަށެވެ. މަޖިލީހުން ނިންމައިގެން އެމަނިކުފާނުގެ އަރިހަށް އެފަދަ ބިލެއް އަޔަސް، އެ އިސްލާހެއް ތަސްދީގު ކުރައްވަން ރައްޔިތުންގެ އާނ ބަސް ބޭނުންފުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގައި އެކަން އޮތީ ވެސް އެގޮތަށް ކަމަށެެވެ.



"އެހެންވީމަ އެ ޕްރޮސެސް އައީމަ އަޅުގަނޑު ދާނަން ރައްޔިތުން ކައިރިއަށް

ރައްޔިތުން [އެ ބަދަލު ގެންނަން] ގަބޫލުނުކޮށްފިއްޔާ އަޅުގަނޑަކަށް ތަސްދީގެއް ނުކުރެވޭނެ." ރައްޔިތުންގެ މަޖިލީހުގެ 25 އަހަރު ދުވަހު މެމްބަރުކަން ކުރެއްވި ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން