ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅު ކަމަށް ފެނިވަޑައިގަންނަވަނީ ރިޔާސީ ނިޒާމް ކަމަށް ރައީސުލްުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ކުރިއެކޭވެސް އެއްގޮތަށް އަދިވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް، ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ގޮތް ނިންމަވާނީ ރައްޔިތުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ވަނީ މިވަގުތަކީ ނިޒާމީ ވޯޓު ނަގަަން އެންމެ އެކަށޭނަ ވަގުތު ކަމަށް ސުވާލު އުފައްދަވާފައެވެ.

އަދި ޤައުމަށް އެންމެ ފައިދާ ހުރީ ރިޔާސީ ނިޒާމު ދެމެހެއްޓުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ޝައުޤުވެރިކަން ރައީސް މުޙައްމަދު ނަޝީދު ފާޅުކުރައްވާފައިވާއިރު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން