މި ސަރުކާރުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަައް އާ ސަރުކާރުން ނުހުއްޓުވައި ކުރިއަށް ގެންގޮސްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ އަލަށް އިންތިހާބުވި ޑރ. މުޢިއްޒުގެ ސަރުކާރުގެ ކިބައިން ދެކަމަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ ދެެކަމަކީ ތަރައްގީގެ މަޝްރުއޫތައް ނުހުއްޓުވާ ކުރިއަށް ގެންދިއުމަށާއި، ހެޔޮ ވެރިކަމަށް ކޮށްދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ ލާބައާ މަންފާއަށް، އަދި ގައުމުގެ ތަރައްގީއަށް ފަށާފައިވާ ގިނަ މަޝްރުއޫތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފަށާފައިވާ މަޝްރުއޫތައް ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން