އަލަށް އަންނަ ވެރިކަމަށް އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

30 އަހަރު ވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބުން ކަމަށެވެ. އެހެންކަމުން، ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކާ، އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން ކުރި ހޯއްދެވި ޑރ. މުޢިއްޒަކީ ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސް އަދި ރާއްޖޭގައި ވެރިކަން ކުރައްވާނެ 8 ވަނަ ރައީސްއެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ)އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ދައްކާގޮތުން ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ 54 އިންސައްތަ ވޯޓުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ލިބިވަޑައިގަތީ 45.9 އިންސައްތަ ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން