ޒަހީނުއްދީން ސަޢީދު   2 އޮކްޓޯބަރު 2023 - 21:59
ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފައިސާ ޗާޕްކުރުން ހުއްޓާލާނެ ކަމަށް އިންތިހާބީ ރައީސް، ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލު ވެވަޑައިގަތުމަށްފަހު އިގްތިސާދީ ގޮތުން ގައުމަށް ދިމާވެފައިވާ ދަތި ދަނޑިވަޅުން ނަގާ ކޮޅަށްޖެހުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފައްޓަވާނެ ކަމަށެވެެ. އެގޮތުން ރައްޔިތުން މަޖިލީހުން ފައިސާ ޗާޕްކުރުމަށް މިހާރު ހުއްދަ ދީފައި އޮތް މާއްދާ އުވާލަން ހުށައަޅައި ފައިސާ ޗާޕްކުރުން ހުއްޓާލާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ފައިސާ ޗާޕްކުރަން ސަސްޕެންޑްކޮށްފައި އޮތް މާއްދާ އުވާލަން އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނަން، ހުށައަޅައި ފައިސާ ޗާޕް ނުކުރާނަން އަޅުގަނޑު." މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން