ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް އެގައުމާއެކު މަޝްވަރާކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޓީވީއަކަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލު ވެވަޑައިގަތުމަށްފަހު ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކަށްވާނީ ރާއްޖެއަށް އިސްކަންދޭ "ޕްރޯ މޯލްޑިވިސް" ސިޔާސަތު ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބާލަންޖެހޭ ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް އިންޑިޔާ ސަރުކާރާއި ވާހަކަ ދައްކާނެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ރީތި ޑިޕްލޮމެސީގެ އުސޫލުން ވާހަކަ ދައްކައިގެން ހައްލުނުވާނެ ކަމެއް ނޯންނާނެ. ޑިމޮކްރަޓިކް ޕްރޮސެސްއަށް ކޮންމެ ގައުމަކުން ވެސް އިހުތިރާމް އަދާކުރާނެ. ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް މިކަންކަމަކީ އަޅުގަނޑު ޔަގީން ކުރާގޮތުގައި އިންޑިޔާ އިން ވެސް އދ. ގެ ހުރިހާ ގައުމަކުން ވެސް އިހުތިރާމް އަދާކުރާނެ ކަންކަން އަޅުގަނޑަށް ހަމަ ޔަގީން އެ އޮންނަ ޑިމޮކްރަޓިކް އުސޫލުން އެވާހަކަތަށް ދައްކައި ވަރަށް އަވަހަށް އެމައްސަލަ ހައްލު ކުރެވޭނެ." ރާއްޖޭގެ އަށްވަނަ ރައީސުލްޖުމުހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންފައިވާ މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕިއެމް/ޕީއެންސީ ކޯލިޝަނަކީ "އިންޑިއާ އައުޓް" ގެ ނަމުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ކޯލިޝަނެެއްކަން ފާހަގަކުރެވެއެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ، އެ މީހުން ބާލަން ގޮވާލައި، ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ފެއްޓެވި ކެމްޕޭނެކެވެ.

ރިޔާސީ އިންތިހާބު ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ބަދަހިކުރުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ. އަދި މި ދަނޑިވަޅަކީ އެފަދަ އިމްތިހާނެއް ކަމަށް މޯދީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފައިލް

17-Oct-2023

ސިފައިންނެތި ސިފައިން ބާލާނީ ކިހިނެއްބާ. ﷲ ގަންދީހުވާ ކޮއްގެންތިބި ރާއްޖޭގެ ސިފައިންގެ ޖެނެރަލުން އެއޮތީ ރާއްޖޭގަ އެއްވެސް ސަރަހެއްދެއްގަ މިލިޓަރީ ބަޔަކުނުތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދީފަ. ޑރ މުއިއްޒު ސިފައިންނަށް އިތުބާރު ނުކުރައްވަނީތޯ. ޑރ މުއިއްޒަކީ ސިފައިންގެވެރިޔާ. މިވާއެއްޗެއް ނޭގޭ.



ޓްރެންޑިން