ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހީމް ޝަރީފްއަށް (އައްޑޫ ޝަރީފް) ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ޝަރީފަށް ހަމަލާދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނިކޮށް، މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ.

އެ ހަމަލާގައި ޝަރީފުގެ ލޯ މައްޗަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މި މައްސަލައާއި ގުޅިގެން މިހާރު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް ނުލިބެއެވެ.

ޝަރީފުގެ އިތުރުން ހޮނިހިރު ދުވަހު އިންތިހާބު ކުރިއަށްދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދަށްވެސް ބަޔަކު ވަނީ ހަމަލާ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން