ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ އިންތިޒާމްތަކާއި އިންތިހާބު ކުރިއަށްދިޔައީ، ސުލްހަވެރިކަމާއި އިންސާފުގެ ތެރެއިންކަމަށް ވިދާޅުވެ، ކޮމަންވެލްތާއި އީޔޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ކޮމަންވެލްތާއި އީޔޫއިން މިކަން ހާމަކޮށްފައިވަނީ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވްކުރުމަށްފަހު މިއަދު ނެރުނު ބަޔާނުގައެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތުގެ އޮބްޒާވަރ ގްރޫޕޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީޝެލްސްގެ ކުރީގެ ރައީސް ޑެނީފޯ ފްރޭ ވިދާޅުވީ ރާއްޖޭގައި ބޭއްވި އިންތިހާބުގައި މާބޮޑު މައްސަލަތަކެއް ފާހަގަނުވާކަމަށެވެ. އަދި ފުރަތަމަ ބުރުގައި ފާހަގަވި މައްސަލަތައް، ދެވަނަ ބުރުގައި ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަަގަވި ބައެއް މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ދެވަނަ ބުރުގައި ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާކަމަށް ކޮމަންވެލްތުން ފާހަގަ ކުރިއެވެ. އޭގެތެރޭގައި ވޯޓުލާ ބޫތަކަށް ގެނެސްފައިވާ ބަދަލާއި ކިއުތައް ކުޑަކުރުމަށް ފޮށިތައް އިތުރުކޮށްފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ނުކުޅެދޭ މީހުން ކިއުގައި ނުޖެހި ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަންވެސް ކޮމަންވެލްތުގެ ފަރާތުން ފާހަގަކުރިއެވެ.

ކޮމަންވެލްތުން ފާހަގަކުރިގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޮޑުކަމަށެވެ.

ކޮމަންވެލްތުގެ އިތުރުން ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްފަހު އީޔޫއިންވެސް އިންތިހާބަކީ އިންސާފުވެރި، އަދި ދެފުށް ފެންނަ އިންތިޚާބެއްކަމަށެވެ. ނަމަވެސް ދެވަނަ ބުރުގެ ކެމްޕެއިންގެ ތެރެއިން އެންޓި ކެމްޕޭން ކުރުން ވަރަށް ބޮޑަށް ފާހަގަވިކަންވެސް ކޮމަންވެލްތުން ވަނީ ފާހަގަކޮށްފައެވެ.

ކޮމަންވެލްތާއި އީޔޫގެ އިތުރުން، ބައެއް ޤައުމުތަކުގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންވެސް މިފަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެ އައިސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން