17 ނޮވެންބަރުގައި ޕީޕީއެމް ޕީއެންސީން ވެރިކަމާއި ހަވާލުވުމުން ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތުން މުހިއްމުކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވުމަށްފަހު ދިވެހި ރައްޔިތުންނާއި ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

މުއިއްޒު ވިދާޅުވީ އޭނާއަކީ އެމްޑީޕީއަށް ފަރިތަ ބޭފުޅެއްކަމަށާއި، އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަކީ އެމަނިކޫފާނަށް ދަތިކަމެއް ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހަރޫދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

"ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތުގެ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަންޖެހޭ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތްކުރާއިރު، ޒިންމާދާރުކަމާއެކު އެކަން ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އެގޮތުން ރައްޔިތުންނާއި ގުޅުންހުރި ކަންކަމާއި ގައުމީ ކަންކަމުގައި ސަރުކާރަށް އެއްބާރުކުންދޭންޖެހޭނެކަން މުއިއްޒު ފާހަގަކުރެއްވިއެެވެ.

މުއިއްޒު ވިދާޅުވީ ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތްކޮށްފިނަމަ ގައުމަށް ހަމަޖެހުމާއި ކުރިއެރުން އަންނާނެކަންވެސް މުއިއްޒު ފާހަގަކުރެއްވިއެެވެ.

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެމްޑިޕީއަށް މުއިއްޒު ގޮވާލެއްވިއިރު ރައީސް ސާލިހުވެސް ވަނީ އެމްޑީޕީން މިހާރު ތައްޔާރުވަމުންދަނީ އިިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްކަމަށެވެ.

މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން ވެރިކަމާއި ހަވާލުވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިއީ 2008 ގައި އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ދަށުން އުފެދޭ ޕީޕީއެމްގެ ދެވަނަ ވެރިކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން