ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން މާދަމާ ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައަޅަން އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި އިމާދުއްދީން ސްކޫލް ހޯލުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅާފައެވެ. އެ ޕާޓީގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާއެކު މަޖިލީހުން ވަނީ އެ ގަރާރު ފާސްކޮށްފައެވެ. އެ ގަރާރުގައި ވަނީ މިމަހު 30، ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެހެންކަމުން އެކަން މަޖިލީހުގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް އެންގުމުން އެކޮމިޝަނުން ވަނީ ވޯޓާ ގުޅޭ ބައެެއް މައުލޫމާތު ސާފުކުރަން މަޖިލީހުގައި އެދިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާނު ތާއީދުކުރައްވާނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. އަދި ރިޔާސީ އާ ދައުރަކަށް ރައީސަކު އިންތިހާބު ކޮށްފައިވަނިކޮށް، ވެރިކަން ކުރުމުގެ ޖާގަ ހަނިވާ ގޮތަށް ނިޒާމުގެ ވޯޓު ނެގުން ރަނގަޅެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން