އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ގޮތަށް ޕީޕީއެމް-ޕީއެންސީގެ ވެރިކަމުގައި އެމްޑީޕީން ހަރަކާތްތެރިވާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައުްޔާޒު މިހެން ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ކުރެއްވީ އިލްތިމާސްއަކާއި ގުޅިގެނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރަށް ދަތިކުރުމުގެ ބަދަލުގައި، ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެމްޑީޕީއަށް ގޮވާލައްވާފައެވެ.



މުއިއްޒުގެ ވާހަކަފުޅުތަކާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައުްޔާޒު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތުގައި އެމްޑީޕީން ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ފައްޔާޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ހެޔޮވެރިކަމުގެ އުސޫލުތައް ހިފަހައްޓާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މީގެކުރިން ފެނުނު ހުދުމުހުތާރުކަން އެމްޑީޕީން ބަލައިނުގަންނާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން