ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް މިނިވަން ކުރަން މަގުމަތީ ހަރަކާތް ނުބޭއްވުމަށް އެޕާޓީގެ ސަޕޯޓަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރިޔާސީ އިންތިހާބުގެ ކާމިޔާބަށްފަހު ރައްޔިތުންނާ ބައްދަލު ކޮށްލުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިން ގެއަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ގޮވާލެއްވުމާއެކު ސަރުކާރުން ޖެހިގެން އައި ދުވަހު ރައީސް ޔާމިން ގޭ ބަންދަށް ބަދަލުކުރެއްވި ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑަައިގަންނަވާ ދުވަހާއި ހަމަޔަށް ރަައީސް ޔާމިން ޖަލު ހުކުމުން މިނިވަން ވެވަޑައިނުގަންނަވާނީ ސަރުކާރުގެ ނުފޫޒު ޖުޑިޝަރީ އަށް އޮތުމުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑަައިގަންނަވާ ފުރަތަމަ ދުވަހު ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުމަކަށް އަންނާނެ ކަމަށާއި އޭރުން ރައީސް ޔާމިން މިނިވަންވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

"އެހެންވީމާ އަޅުގަނޑަށް މިކަން ކުރުމުގެ ފުރުސަތު، ހާއްސަކޮށް އަޅުގަނޑުމެންގެ ދެ ޕާޓީގެ މެމްބަރުންގެ ކިބައިން އަޅުގަނޑު އެދެން މި ފުރުސަތު ދެއްވުމަށް، އޭގެ ބޭރުން މަގުމައްޗަށް ނިކުމެ ޖަލްސާތައް ބާއްވައި ހިނގާލުންތަށް ބާއްވައި އަޑުގަދަކޮށް ހަދާކަށް އަޅުގަނޑު ނޭދެން. އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެނީ،" ރާއްޖޭގެ އަށްވަނަ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ މުއިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


4

މޯޑް

17-Oct-2023

ކިހިނެތް ތިވީ????????


-1

އިލްޔާސް

17-Oct-2023

ރައީސް ޔާމީނަށް ގޭގައި ހުންނެވޭ ނަމަ، ގިނަކަންކަން ދާނީ ރައީސް ޔާމީނު ބޭނުންފުޅުވާ ގޮތަށެވެ. ޔަގީނެވެ. އެންމެ ރަނގަޅު ގޮތަކީ މިނިވަން ވުމެވެ. މިނިވަން ވަންދެން އެހަރަކާތް ކުރިޔަށް އެއްވާނެއްގައި ގެންދިއުން ރަނގަޅެވެ. ބޭނުން ތެރިއެވެ. މިނިވަން ކުރެވޭނީ ސުޕްރީމްކޯޓުން ނެވެ. ވީމާ މިނިވަން ކުރުމުގެ ހަރަކާތަކީ ވެރިކަން ޕާޓީއަށް ލިބުނަސް ބާރަށް ވާންކޮށް ކުރިޔަށް ގެންދަން ޖެހޭނެ ކަމެކެވެ!! މަޖްލިސް އަދި އޮތީ އާވެރިކަމާ އެކަކުނޫނެވެ!!



ޓްރެންޑިން