އަވަސް އަރުވާލައިގެން އެމްޓީސީސީއިން އިންޓަރެސްޓް ބޮޑުކޮށް 300 މިލިޔަނުގެ ބޮންޑެއް ވިއްކަން އުޅޭކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެމްޓީސީސީން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ "ރައްޔިތުންގެ ކުންފުނި" މި ސްލޯގަންގެ ދަށުން އެމްޓީސީސީން އަަބަދުވެސް މަސައްކަތްކޮށްފައިވާނީ ކުންފުނީގެ މަސްލަހަތު އިސްކޮށް އަދި ދިވެހި ޤައުމާއި މުޖުތަމައަށް ޚިދުމަތްކުރުމުގެ ރޫހުގައިކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އަދި ކުންފުނިން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް، ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ދޮގު ޚަަބަރު ފަތުރަމުންދާކަމީ ހިތާމަކުރާކަމެއް ކަމުގައި އެމްޓީށީސީން ބުނެފައި ވެއެވެ.

"އެގޮތުން ދިޔަރެސް" ނޫހުގައި 02 އޮކްޓޯބަރު 2023 ވަނަ ދުވަހު މި ކުންފުނިން "އަވަސް އަރުވާލައިގެން އެމްޓީސީސީން އިންޓަރެސްޓް ބޮޑުކޮށް 300 މިލިޔަނުގެ ބޮންޑެއް ވިއްކަނީ" މި ސުރުޙީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަަަަބަރަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު ޚަަބަަރެއް" ބަޔާނުގައިވެއެވެ.



އެމްޓީސީސީން ބުނީ އެއީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، ކުންފުނީގެ އިސްވެރިންނަށް ލިިބިފައިވާ އިތުބާރާއި، ލޯބި ފަނޑުކޮށްލުމަށް ގަސްތުގައިކޮށްފައިވާ ނާތަހުޒީީބީ އަމަލެއްކަމަށެވެ.

އެމްޓީސީސީން ބުނީ ބޮންޑު މެދުވެރިކޮށް ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ރެއިސްކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާނީ ހަޤީގަތުގައި މިދިޔަ މާޗުމަހުކަމަށެވެ. އަދި ބޮންޑަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ރެގިއުލޭޓް ކުރައްވަާ ފައިނޭންޝަލް އިންސްޓުރުމަންޓެއްކަމުން، މިކަމުގެ އިދާރީކަންކަން ވޭތުވެދިޔަ 7 މަސްތެރޭ ފުރިހަމަކުރުމަށްފަހު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޫންޖުގެ ޕޯޓަލުން މި ބޮންޑުގެ ފުރިހަމަ މަޢުލޫމާތު ކޮންމެ ފަރާތަކަށްވެސް އާންމުކޮށް ފެންނަން ހުންނާނެކަމަށްވެސް އެކުންފުނިން ބުނެެެއެވެ.

"މި ބޮންޑަކީ މިކުންފުންޏަށް ލިިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެކެވެ. އަދި މިބޮންޑުގެ %9.5 ގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރާއްޖޭގެ ކޮމާޝަލް އެވަރެޖް ބްރޯވިންގ ރޭޓާއި އަޅާބަލާއިރު ވަރަށް ކުޑަ ރޭޓެކެވެ." ބަޔާނުގައި ފާހަގަކޮށްފައިވެއެެވެ.

އެމްޓީސީސީގެ ބަޔާނާއެކު ފިކްސްޑް އިންކަމް ބޮންޑެއް ލިސްޓުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ޓައިމްލައިންވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ދިވެހިރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަޤީޤަތް އޮޅުވާލުމަށް ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާގޮތަށް މިފަދަ ހަޤީގަތާއި ޚިލާފު ދޮގު ޚަަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބީ ޢަމަލެއްކަމަށްވެސް ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން