ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒަށް ޝީގެ މި މެސެޖް ރައްދުކޮށްދީފައިވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިންއެވެ.

ޝީގެ މެސެޖުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިޝާރާތްކުރަށްވާފައެވެ. އަދި ދެ ގައުމަކީ ތަރައްގީއާއި ކުރިއެރުން ހަމަހަކަމާއެކު ހިއްސާ ކުރާ ދެ ގައުމުކަން ފާހަގަކުރައްވާފައި ވެއެވެ.

ޝީ ވަނީ ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކުރުމަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާކަން ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑރ. މުޢިއްޒުގެ ޒައާމަތާއި ގުޅިގެން ޒަމާންވި ރަހުމަތްތެރިކަމުގައި އަމަލީގޮތުން އެއްބާރުލުން ދީ އެގުޅުން ކުރިއަށް ގެންދެވަން ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރެއްވިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހާ ދެވަނަ ބުރުގައި ވާދަކުރައްވައި 126،842 ވޯޓު ހޯއްދަވައިގެންނެވެ. އެމަނިކުފާނު ވަނީ ވޯޓްލީ މީހުންގެ 53.0 ޕަސެންޓް ހޯއްދަވާފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.

ޗައިނާގެ ރައީސްގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާވެސް ވަނީ ޑރ. މުޢިއްޒަށް މަރުހަބާ ދަންނަވާފައެވެ. އަދި އެމެރިކާއާއި ޕާކިސްތާން ސަރުކާރުންވެސް ވަނީ ޑރ. މުޢިއްޒަށް މަރުހަބާ ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން